ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ލުބްނާނުގެ މިނިވަންދުވަހުގެ ތަހުނީޔާ ރައީސް ފޮނުއްވައިފި
ޚަބަރު

ލުބްނާނުގެ މިނިވަންދުވަހުގެ ތަހުނީޔާ ރައީސް ފޮނުއްވައިފި

ހިރި ނިއުސްހިރި ނިއުސް23 ނޮވެމްބަރު 2024
ލުބުނާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މީޤާތީއަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ތަހުނިޔާގެ މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުބުނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުއްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ޒާމާންތަކެއް ވަންދެން ދެގައުމުގެެ ދެމެދުގައި ބާއްވަމުން އައިސްފައިވާ އަޚްވަންތަ ކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވެފައިވެއެވެ. އެޤައުމުގެ މިނިވަން ދުވަސް އައިސް ބައްދަލުކުރި މި ދަނޑިވަޅަކީ ލުބްނާނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ކަމަށް ވެސް ރައީސް ވިިދާޅުވެފައިވެއެވެ. މި ދަނޑިވަޅުގައި ލުބުނާނުގެ އަޚުންނާއި އުޚުތުންނާއެކުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަން، ދެއްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ލުބްނާނުގެ ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންފައިވެއެވެ. އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.  

ގުޅުންހުރި ޚަބަރު