ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފުލުހަކަށާއި އާންމު މީހަކަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރު ކޮށްފި
ޚަބަރު

ފުލުހަކަށާއި އާންމު މީހަކަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރު ކޮށްފި

މމުހައްމަދު އަލީ23 ނޮވެމްބަރު 2024
ފުލުހަކަށާއި އާންމުންގެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދޭން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ފުރަތަމަ ހަމަލާދޭން އުޅުނީ ހުޅުމާލޭ ފޭސް އެކެއްގައި އުޅުނު އާންމުންގެ މީހަކަށް ކަމަށެވެ. ފުލުސް މީހާއަށް ތޫނުއެއްޗަކުން ހަމަލާ ދޭން އުޅުނީ ހަމަލާދިން މީހާ ހައްޔަރު ކުރަން އުޅުމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ މިއަދު 18:30 އެހައިކަންހާއިރު ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ދެއްވާފައެއް ނުވެއެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު