ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މަސްވެރިންގެ ހައްގުގައި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ބަސްބުނެފި
ޚަބަރު

މަސްވެރިންގެ ހައްގުގައި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ބަސްބުނެފި

މމުހައްމަދު އަލީ23 ނޮވެމްބަރު 2024
ފަރެސްމާތޮޑާ މަސްވެރީން ބާނާ މަހަށް ފައިސާ ނުލިބި ލަސްވަމުންދާތީ އެކަމާ އެރަށު ކައުންސިލްގެ ރައީސް އަހުމްދު އިމްތިޔާޒު ކަންބޮޑުވުން ފާޅު ކުރައްވައފިއެވެ. އެފްބީގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވަނީ "މަސްވެރިން ބާނާ މަހަށް ފައިސާނުލިބި ލަސްވުމަކީ މަސްވެރި ރަށްރަށުގެ އިގްތިސާދު ފުނޑު ފުނޑުވެ މަސްވެރި އާއިލާތައް ދަރަނިވެރިވެ، ވޭނާއި ކެކުޅުން ތަހައްމަލް ކުރަން ޖެހޭ ކަމެއް،" ކަމަށެވެ. އެހެންނަމަވެސް މަސްވެރީންގެ ކެކުޅުމުގެ އަޑުއަހާނޭ ބަޔަކު ތިބިހެން ހީނުވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "މިއަދު މިބާނާ މަދު މަސްކޮޅުގެ ފައިސާވެސް މިއުޅެނީ ނުދެވިގެން. މިއަދު އަޅުގަނޑުމެންގެ މަސްވެރިން މިތިބީ ވަރަށް ހާލުގައި ޖެހިފައި،" އޭނާ ވިދާޅުވެފައިވާ ގޮތުގައި މިއީ ޖޯކު ވާހަކައެއް ނޫނެވެ. އެހެން ކަމުން މިއަޑު އަހަންޖެހެއެވެ. ޚާއްސަކޮށް ސަރުކާރުން ވަރަށް ސީރިއަސް ކަމާއެކު މަސްވެރީންގެ މިއަޑު އަހަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "ބުނި ގޮތަށް ދެ ހަފްތާއިން ފައިސާ ދޫކޮށް ދެއްވާ،" މިފްކޯއަށް އޭނާ ވިދާޅުވެފައިވެއެވެ.    

ގުޅުންހުރި ޚަބަރު