ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ދުޅަހެޔޮކަން ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޚަބަރު

ދުޅަހެޔޮކަން ކުރިއެރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މމުހައްމަދު އަލީ22 ނޮވެމްބަރު 2024
މުޖުތަމަޢުގެ ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ އެއްބަސްވުމެއްގައި މާލޭ ސިޓީކައުންސިލާއި ވީރަން މޯލްޑިވްސް އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެސިޓީކައުންސިލްގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް ޢަބްދުލް މުހައިމިން ނަޞީރާއި ވީރަން މޯލްޑިވްސްގެ ފައުންޑަރ ޙުސައިން ޒިނާން ކަމަށް މާލޭސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ވީރަން އިވެންޓްތައް އިންތިޒާމުކޮށް ހިންގުމުގައި އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް ގާއިމްކުރެވޭނެއެވެ. މިއެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ މާލޭގެ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމެއް ކުރިއެރުވުން ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. މިއެއްބަސްވުމުގެ ދަށުން، މާލެސިޓީކައުންސިލުން ވީރަން އިވެންޓްތަކުގެ ރަސްމީ ހޯސްޓް ޕާޓްނަރގެ ގޮތުގައި ޙަރަކާތްތެރިވާނެއެވެ. އޭގެ އިތުރުން އިވެންޓްތައް ކާމިޔާބުކަމާއެކު ހިންގުމުގައި މުހިންމު އެހީތެރިކަން ވެސް ފޯރުކޮށްދޭނެއެވެ. ފުރަތަމަ ހަ މަސް ދުވަހު ވީރަން އިވެންޓްތައް ބާއްވާނީ މަހަކު ދެ ފަހަރުއެވެ. އޭގެ ފަހުން، ކޮންމެ ހުކުރު ދުވަހަކާއި ރަސްމީ ބަންދު ދުވަސްތަކުގައި އިވެންޓްތައް ބާއްވާނޭ ކަމަށް ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. އިވެންޓްތަކުގެ އިންތިޒާމުތަކުގެ ޒިންމާ އުފުލާނީ ސިޓީކައުންސިލްގެ އިދާރާއިންނެވެ. އިވެންޓް އޮންނަ ދުވަހުގެ ފަތިހު 5:00 އިން ހެދުނު 7:00 އާއި ހަމައަށް މި އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. "މި އެމްއޯޔޫގައި ސޮއިކުރުމަކީ މާލޭގައި ޞިއްޙަތު ރަނގަޅު، ހަރަކާތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެފަރާތުންވެސް ފާހަގަކުރެއެވެ. މި އެއްބާރުލުމުގެ ތެރެއިން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެ ފައިދާތަކާމެދު ސިޓީކައުންސިލްގެ އިދާރާ އާއި ވީރަން މޯލްޑިވްސްއިން ވަރަށް ފޮނި އުންމީދުތަކެއް ކުރެއެވެ."                    

ގުޅުންހުރި ޚަބަރު