ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފައްޔާޒު މަސްވެރީންގެ ހާލަތު އޮޅުން ފިލުވައިފި
ޚަބަރު

ފައްޔާޒު މަސްވެރީންގެ ހާލަތު އޮޅުން ފިލުވައިފި

މމުހައްމަދު އަލީ23 ނޮވެމްބަރު 2024
‏އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެޕާޓީގެ އިސް ބައެއް ބޭފުޅުން މަސްމާރުކޭޓު ސަރަހައްދަށް މިއަދު ވަޑައިގެން މަސްވެރީންގެ ޝަކުވާ އަޑުއައްސަވައިފިއެވެ. މަސްމާރުކޭޓު ސަރަހައްދުގެ އިތުރުން އޮޑިދޯނިފަހަރަށް އަރުއްވައި ފައްޔާޒު ވަނީ މަސްވެރީންނާ ބައްދަލުކޮށް ހާލަތު އޮޅުންފިލުވައިފައެވެ. މަސްވެރީންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުންނުދާ ޝަކުވާއެވެ. ބައެއް މަސްވެރީން ބުނެފައިވަނީ މަސްވެރީން ކިރުވާފައިވާ މަހަށް ދޭންވާ ފައިސާ ސަރުކާރުން ބުނެފައިވާ ގޮތަށް ނުލިބޭ ކަމަށެވެ. ފަންސަވީސް ރުފިޔާއިން ސޯޅަ ރުފިޔާއަށް މަހުގެ އަގު ދަށްކުރުމަށްފަހު މަސްކިރުވާތާ 48 ގަޑިއިރުތެރޭގައި ފައިސާ ދޭން ސަރުކާރުން އެއްބަސްވެފައިވިޔަސް އެގޮތަށް ކަންކަން ނުދާކަމަށް ބައެއް މަސްވެރީން ވަނީ ބުނެފައެވެ. މީގެ ސަބަބުން މަސްވެރީންގެ އާއިލާތަކަށްވަނީ އިންތިހާއަށް ނިކަމެތިކަމާ ކުރިމަތީލާން ޖެހިފައިކަމަށް ވެސް ބުނެފައިވެއެވެ. ފިހާރަތަކުން ދަރަންޏަށް އެއްޗެހިނަގައި ދަރަނި ބޮޑުވަމުންދާ މައްސަލަ ވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން މަސްވެރިކަމާ ދުރަށްދާން ބައެއް މަސްވެރިން ވިސްނާކަމަށް ވެސް ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު