ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފައްޔާޒަށް ތާއިދުކުރަން އެމްޓީއޭގެ ޗެއާޕާސަން ނިންމަވައިފި
ޚަބަރު

ފައްޔާޒަށް ތާއިދުކުރަން އެމްޓީއޭގެ ޗެއާޕާސަން ނިންމަވައިފި

މމުހައްމަދު އަލީ24 ނޮވެމްބަރު 2024
ދެހާސް އަށާވީސް ވަނައަހަރު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާފައިވާ އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ތާއިދުކުރަން މޯލްޑިވްސް ޓްރޭޑު އެސޯސިއޭޝަން (އެމްޓީއޭ) ގެ ޗެއާޕާސަން ސައުދުﷲ އަހުމަދު ނިންމަވައިފިއެވެ. ސައުދު ވިދާޅުވީ ފައްޔާޒަށް ތާއީދު ކުރައްވަން ނިންމެވީ ޕްރައިމަރީގައި ދެން ވާދަކުރައްވާނޭ ކަމަށް ބަލެވޭ ކެންޑިޑޭޓުންނަށްވުރެ ފައްޔާޒުގެ ލީޑަރޝިޕް ކޮލިޓީ ރަނގަޅުވުމުން ކަމަށެވެ. އޭގެ އިތުރުން ޕާޓީ މިހާރު އޮތް ހާލަތަށް ބަލާފައި ފައްޔާޒު ނޫން އެހެން ބޭފުޅަކަށް އެންމެން ގޮވައިގެން ޕާޓީ ލީޑުކުރެވޭނޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ ބައިބައިވެގެންދިޔަ ހައްސާސް ދަނޑިވަޅުގައި ޕާޓީގެ ހުންގާނުގައި ހިއްޕަވައިގެން ރަނގަޅު މިސްރާބަކަށް ދުއްވަން ފެއްޓެވީ މާލިމީއަކީ ވެސް ފައްޔާޒު ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ސައުދު ވިދާޅުވީ އޭނާގެ އެކުވެރީން ވެސް ތާއިދު ކުރަން ނިންމާފައިވަނީ ފައްޔާޒަށެވެ. ފައްޔާޒުގެ އިތުރުން އެހެން ހަތަރު ބޭފުޅަކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނޭ ކަމަށް ބެލެވެއެވެ.  

ގުޅުންހުރި ޚަބަރު