ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ތިނަދުއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލްކޮށް ދިމުމަށްއެދި ހައިކޯޓަށް
ޚަބަރު

ތިނަދުއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލްކޮށް ދިމުމަށްއެދި ހައިކޯޓަށް

އއަހުމަދު މުހައްމަދު26 ނޮވެމްބަރު 2024
ގދ. ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމަށް އާބާދީ އޮޅުވާލައިގެން ކަމަށް ބުނެ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަހުމަދު ރާގިބެވެ. އެ މައްސަލާގައި ބުނެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާކަމަށް ދެއްކުމަށް ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓެއް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓުގައި މަރުވެފައިވާ 115 މީހުންގެ ނަން ހިމަނައި، އެކެއްގެ އައިޑީކާޑު ތަކުރާރުކޮށް ބޭނުން ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، މިހާރު ތިނަދޫގެ އާބާދީއަކީ، 7،924 މީހުން ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އަދި އާބާދީ ލިސްޓު އެކުލަވާލުމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ބަލަންޖެހޭ ކަންކަން ބަލާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތިނަދުއަށް ސިޓީގެ ދަރަޖަ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓު 30 ވަނަ ދުވަހު އެ ރަށުގައި ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާއެއްގައެވެ. މިހާރު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ، ތިނަދޫއަކީ ސިޓީއެއް ކަމަށް ނިންމި ނިންމުމާއި އެ ނިންމުމާ ގުޅިގެން އަޅާފައިވާ ހުރިހާ އިދާރީ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށެވެ.

ގުޅުންހުރި ޚަބަރު