ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މިއަހަރު ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި އިތުރުވެއްޖެ
ޚަބަރު

މިއަހަރު ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި އިތުރުވެއްޖެ

އއަހުމަދު މުހައްމަދު26 ނޮވެމްބަރު 2024
މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 190 މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕަސަންޓު އިތުރު އަދަދެކެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވި ގޮތުގައި މިހާރު ހުށަހެޅޭ ގިނަ މައްސަލަތަކަކީ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރު މަސްތުވާތަކެތި އެތެރެކުރުމުގެ 17 މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފައެވެ. މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް މިދިޔަ އަހަރާ އަޅާބަލާއިރު 112.5 ޕަސަންޓު އިތުރުވެފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ. މިއީ ފުލުހުންނާއި ކަސްޓަމްސްއިން މަސްތުވާތަކެތި ހިފަހައްޓާ މިންވަރު އިތުރުވެފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މައުލޫމާތު ޕީޖީ ހާމަކުރެއްވީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ އޯ.ޕީ.ޑީ.އޭ.ޓީ އިން ބޭއްވި "ސައުތު އޭޝިއާ ރީޖަނަލް ކައުންޓަރ ނާކޮޓިކްސް ޓްރެފިކިންގ ޕްރޮގްރާމް" ގައި ދެއްކެވި ވާހަކަފުޅުގައެވެ.

ގުޅުންހުރި ޚަބަރު