ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދަ ޑިމޮކްރެޓްސް އިން ގާނޫނުއަސާސީގެ ދިފާއުގައި ނުކުންނަނީ
ޚަބަރު

ދަ ޑިމޮކްރެޓްސް އިން ގާނޫނުއަސާސީގެ ދިފާއުގައި ނުކުންނަނީ

އއަހުމަދު މުހައްމަދު26 ނޮވެމްބަރު 2024
ދަ ޑިމޮކްރެޓްސް ޕާޓީން ކަންމަތީ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިއީ ގާނޫނުއަސާސީގެ ދިފާއުގައި ބާއްވާ ޖަލްސާއެއް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެރޭ 8:45 ގައެވެ. ޖަލްސާ ކުރިއަށްދާނީ މާފަންނު ބޮނޑިބަތް ޕާކުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ތެރޭގައި އެޕާޓީގެ ރައީސް ހަސަން ލަތީފާއި ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، ކުރީގެ އެމްޕީން ކަމަށް ކަމަށްވާ އަލީ އާޒިމާއި، މުހައްމަދު ރަޝީދާއި، އިމްތިޔާޒު ފަހުމީއާއި، މުހައްމަދު ވަހީދު ހިމެނެއެވެ. އޭގެ އިތުރުން ވެސް ބައެއް ބޭފުޅުން ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ގާނޫނުއަސާސީގެ ދިފާއުގައި ޑެމްސް މިނުކުންނަނީ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުން އެކަމާ އިހުތިޖާޖު ކުރަންވެގެންނެވެ.  

ގުޅުންހުރި ޚަބަރު