ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
މޫދުގައި އަނިޔާވެފައިއޮތް މީހަކު ނަގައިގެން ފަރުވާ ދޭން ފަށައިފި
ޚަބަރު

މޫދުގައި އަނިޔާވެފައިއޮތް މީހަކު ނަގައިގެން ފަރުވާ ދޭން ފަށައިފި

މމުހައްމަދު އަލީ27 ނޮވެމްބަރު 2024
ދަރުމަވަންތަ ހޮސްޕިޓަލުގެ ބޭރުތޮށިގަނޑާ ދިމާ މޫދޫން އަނިޔާވެފައިވާ މީހަކު ނަގައިފިއެވެ. އެއީ ދިވެހި ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އެމީހާ ނެގުމަށްފަހު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އައިޖީއެމްއެޗުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވީ އަނިޔާވެފައިވަނީ އެމީހާގެ ބޮލަށް ކަމަށެވެ. ބެލެވޭ ގޮތުގައި އެމީހައަށް އަނިޔާވީ އުޅަނދެއްގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އެސަރަހައްދުގެ މޫދަށް އެމީހާ ފައިބައިގެން އުޅުނީ ކީއްކުރަން ކަމެއް ނޭނގެއެވެ. މިމައްސަލަ ތަހުގިގު ކުރަން ފަށައިފި ކަމަށާއި އިތުރު މައުލޫމާތު ލިބުމުން މައުލޫމާތު ދެއްވާނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު