ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ފަސްސަތޭކަ ޑޮލަރު މާރުކުރަން ބިލުގައި އޮތުމަކީ ރަނގަޅުކަމެއް: ރައީސް
ޚަބަރު

ފަސްސަތޭކަ ޑޮލަރު މާރުކުރަން ބިލުގައި އޮތުމަކީ ރަނގަޅުކަމެއް: ރައީސް

މމުހައްމަދު އަލީ27 ނޮވެމްބަރު 2024
ބޭރުފައިސާއާ ބެހޭ ގާނޫނެއް ހެދުމަށް އެމްއެމްއޭއިން އެކުލަވާލައިފައިވާ ބިލުގައި ބޮލަކަށް ފަސް ސަތޭކަ ޑޮލަރު މާރުކުރާ ގޮތަށް އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިގޮތަސް ބޭރު ފައިސާއާ ބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިންމުކަމެއް ކަމަށެވެ. "މި ގާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ. އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދާނޭ ކަމަސް ވެސް ރައީސް ވިދާޅުވެފައިވެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް ފައިދާވާނޭ މައިގަނޑ 4 ކަމެއް ރައީސް ވަނީ ވިދާޅުވެދެއްވައިފައެވެ. 1 ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވަނީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވިގެންދާނޭ ކަމަށެވެ. އެކަން ހަމަޖެހިގެންދާނީ 2025 ވަނަ އަހަރު ޖުލައި މަހުން ފެށިގެން ކަމަށް ވިދާޅުވެފައިވެއެވެ. ދެވަނަ ކަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދުމެވެ. އެކަންވާނީ 2026 ވަނައަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް ވިދާޅުވެފައިވެއެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވެފައިވަނީކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުމެވެ. އެކަންވާނީ 2026 ގެ ފުރަތަމަ ކުއާޓަރުގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަތަރުވަނަކަމަކީ ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުމެވެ. އެކަން 2025 ވަނަ އަހަރު ޖުލައި މަހުން ފެށިގެންދާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ ބޭރުފައިސާ ގަތުމުގެ ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާއާ ބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް ކަމަށެވެ. "އާއްމު ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން މި ކުރާ މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން،" ރައީސްވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު