ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
މަޖިލީހުގެ ދައުރު އިތުރު ކުރަން ނިންމައިފި
ޚަބަރު

މަޖިލީހުގެ ދައުރު އިތުރު ކުރަން ނިންމައިފި

އއަހުމަދު މުހައްމަދު27 ނޮވެމްބަރު 2024
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު ޑިސެމްބަރު 15 އަށް އިތުރުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކަމަށް ވޯޓަށް އެހުމުން، 68 މެންބަރުން ވަނީ ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. އަދި 11 މެންބަރުން ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. މަޖިލީހުގެ ދައުރު އިތުރުކުރުމަށް ހުށަހެޅުއްވި ސަބަބު ބަޔާން ކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު އިތުރުކުރަން ޖެހުނީ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި ދައުރު ނިމެން އޮތީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ދައުރު އިތުރުކުރުމާ ގުޅިގެން މަޖިލީހުގެ މަސައްކަތް ކުރިއަށްދާނީ ޑިސެމްބަރު 15 އާ ހަމައަށެވެ.

ގުޅުންހުރި ޚަބަރު