ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކާރުއެކްސިޑެންޓުގައި ހައްޔަރުކުރި އިކްރާމް ދޫކޮށްލައިފި
ޚަބަރު

ކާރުއެކްސިޑެންޓުގައި ހައްޔަރުކުރި އިކްރާމް ދޫކޮށްލައިފި

އއަހުމަދު މުހައްމަދު27 ނޮވެމްބަރު 2024
ހުޅުމާލޭގައި ހިނގި ސްޕޯޓްސް ކާރު އެކްސިޑެންޓްގެ މައްސަލައިގައި ކާރު ދުއްވި އިބްރާހިމް އިކްރާމް މިއަދު ކްރިމިނަލް ކޯޓުގައި ކުށަށް އިއުތިރާފުވެއްޖެ އެވެ. އިކްރާމްގެ ވަކީލު ކޯޓުގައި ބުނީ އޭނާ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ދައުވާ ލިބޭ އަނެއް ދެ މީހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. މިދިޔަ ޖުލައި މަހު ހުޅުމާލޭގެ ދެވަނަ ފޭސްގައި ހިނގި މި އެކްސިޑެންޓްގައި މަގުމަތީގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި، އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އެކްސިޑެންޓް ހިނގުމަށްފަހު އެ ސަރަހައްދު ދޫކޮށް އެމީހުން ދިޔައެވެ. އެހެންނަމަވެސް ފުލުހުން ވަނީ ފަހުން އެމީހުން ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ދައުވާ ލިބޭ އަނެއް މީހާ، އިކްރާމުއްރަހްމާން ވަނީ އޭނާ ސްޕޯޓްސް ކާރަށް އެރީ ފަސެންޖަރެއްގެ ގޮތުގައި ކަމަށް ބުނެފަ އެވެ. އޭނާ މިއަދު ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.

ގުޅުންހުރި ޚަބަރު