ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފަރުވާ ދެމުންދަނިކޮށް ރައީސް ނަޝީދުގެ ވިންދު ހުއްޓުނު
ޚަބަރު

ފަރުވާ ދެމުންދަނިކޮށް ރައީސް ނަޝީދުގެ ވިންދު ހުއްޓުނު

އއަހުމަދު މުހައްމަދު28 ނޮވެމްބަރު 2024
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެއް ފަހަރު ވިންދު ހުއްޓުނު ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ. ނިޔާފް ވިދާޅުވި ގޮތުގައި ނަޝީދުގެ ހަށިގަނޑުގެ މައި ލޭހޮޅި ތެރެއަށް ވަދެފައި އޮތް ރޭޒާފުށް ނަގަމުން ދަނިކޮށް އެމަނިކުފާނުގެ ވިންދު ހުއްޓުނުކަމަށެވެ. ނަމަވެސް ސީޕީއާރް ދީގެން ކުރި މަސައްކަތުން އަލުން ވިންދު ޖަހަންފެށީ ކަމަށް ވިދާޅުވި އެވެ. ހޮސްޕިޓަލަށް ގެނައި އިރު ނަޝީދުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ގިނަ ޒަހަމްތަކެއް ހުރި ކަމަށާއި ލޭ އޮހޮރެމުންދިޔަ ކަމަށް ނިޔާފް ވިދާޅުވި އެވެ. އަދި ގަމީހުގައި ލޯވަޅުތައް ވެސް ހުރި ކަމަށް ވިދާޅުވި އެވެ. އޭނާ ފުރަތަމަ ހީކުރީ އެއީ ވަޅީގެ ހަމަލާތަކެއް އަމާޒުވެގެން ގެނައި މީހެއް ކަމަށް ވެސް ވިދާޅުވިއެވެ. ނަޝީދުގެ ހަށިގަނޑުން 10 ރޭޒާ ފުށް ނެގި ކަމަށާއި ޕްލާސްޓިކް ކޮޅުތަކެއް ވެސް ނަގަން ޖެހުނު ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވާތު ފުއްޕާމޭ އެއްކޮށް ހިނދިފައިވާ ކަމަށާއި މޭކަށިގަނޑު ފޫއަޅުވާލައި ރޭޒާ ފުށްތައް ފުއްޕާމެއަށް ވަދެފައިވާ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ޚަބަރު