ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
މަންމައަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅުމުން ހައްޔަރުކޮށްފި
ޚަބަރު

މަންމައަށް ބިރު ދައްކައިގެން ފައިސާ ހޯދަން އުޅުމުން ހައްޔަރުކޮށްފި

އއަހުމަދު މުހައްމަދު28 ނޮވެމްބަރު 2024
މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، އަނިޔާކޮށް، ބިރުދެއްކި 40 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި މީހާއަކީ އިބްރާހިމް ނިމާޒް އެވެ. އޭނާ ހައްޔަރުކުރީ ފެމިލީ ކޯޓުން ނެރުނު ރައްކާތެރިކަމުގެ އަމުރާ ހިލާފުވެ، މަންމައަށް އަނިޔާކޮށް، ގައިގައި ޖަހައި މާރާމާރީ ހިންގުމުގެ ތުހުމަތުގަ އެވެ. ކްރިމިނަލް ކޯޓުން އޭނާ 7 ދުވަހު ބަންދުގައި ބަހައްޓަން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކަ އެވެ. އަދި އޭނާގެ ބަންދު މުއްދަތު ހަތް ދުވަހަށް އިތުރުކޮށްފައިވެ އެވެ. ޖެންޑާ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މައިންބަފައިންނަށް ދަރިން އަނިޔާކުރުމުގެ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރަށް އެދޭ މިންވަރު މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު ވެސް ވަނީ މަންމައަށް އަނިޔާކޮށް، މަރުގެ އިންޒާރުދީ ފޯނު ފޭރުނު ދަރިއަކު ހައްޔަރުކޮށްފަ އެވެ.

ގުޅުންހުރި ޚަބަރު