ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި
ޚަބަރު

މަސްތުވާ ތަކެއްޗާއެކު ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި

އއަހުމަދު މުހައްމަދު28 ނޮވެމްބަރު 2024
އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތްކުރާ 21 އަހަރުގެ މުވައްޒަފަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ މާލޭގައި ޕެޓްރޯލް ކުރަމުން ދަނިކޮށް ރޭ ދަންވަރު 2:45 ގައި އެ އޭނާއަށް ފުލުހުން ފެނުމުން ބިރުން ހާސްވެ، އެ ސަރަހައްދުން ދާންއުޅުނު ކަމަށެވެ. އެ ހިސާބުން އޭނާ ހިފަހައްޓައި ޗެކްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓް ފެނުނު ކަމަށެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބެލި އަޑުއެހުމުގައި ފުލުހުން ބުނީ އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުތަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓް ފެނުނު ކަމަށް ސީނަށް ދިޔަ ފުލުހުން ބުނެފައިވާ ކަމަށެވެ. ފުލުހުން ބުނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިން މިންގަނޑަށް ނާރާ ކަމަށެވެ. އަދި މިހާތަނަށް އޭނާއާ ސުވާލުކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާއަކީ މީގެ ކުރިން އެއްވެސް ކުށެއްގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި، ކުށުގެ ވެށީގައި އުޅޭ މީހެއް ނޫން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ގުޅުންހުރި ޚަބަރު