ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެމްޑީޕީގެ ތުއްތު ފުލުހަށް ހާޒިރު ކުރަނީ
ޚަބަރު

އެމްޑީޕީގެ ތުއްތު ފުލުހަށް ހާޒިރު ކުރަނީ

މމުހައްމަދު އަލީ30 ނޮވެމްބަރު 2024
އެމްޑީޕީގެ އެކްޓިވިސްޓް ޙުސައިން ޝާފިއު ކުރި ޓުވީޓެއްގެ މައްސަލާގައި އޭނާ ފުލުހަށް ހާޒީރުވާން ޗިޓް ފޮނުވައިފިއެވެ. ފުލުހުން ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ މާދަމާ 13:30 އަށް އޭނާ ފުލުހަށް ހާޒިރު ކުރަނީ ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ޕޯޓެއް ކޮށްފައިވާ މައްސަލާގައި ސުވާލު ކުރުމަށް ކަމަށެވެ. އޭނާ ފުލުސް އޮފީހުގައި 4 ގަޑި ހޭދަކުރަންޖެހޭނޭ ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ތުއްތު ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ "ކައްޒާބަށް ބޭލޭނީ.. މިރޭ މިގަތީ 270 ފޮށްޓެއް! މަށަށް ކަލޭ މަގެއްގެ މަތީން ނުފެންނާތި،" ކަމަށެވެ ތުއްތު ފުލުހަށް ހާޒިރުވާން އެންގުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ޝާފިއު (ތުއްތު) އަށް އަންގައިފި. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި،" ކަމަށެވެ. މީގެ އިތުރުން  ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް ވެސް މިހާރު މިވަނީ ވެފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ފައްޔާޒު ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު