ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޚިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ: ފައްޔާޒު
ޚަބަރު

ޚިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ: ފައްޔާޒު

މމުހައްމަދު އަލީ30 ނޮވެމްބަރު 2024
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރު ކުރަން ޗިޓް ފޮނުވުމުން އެކަމާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒުގެ ބަސް ވިދާޅުވެއްޖެއެވެ. ފައްޔާޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ތުއްތު އަށް އަންގައިފި ކަމަށެވެ. އެހެންނަމަވެސް ޚިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. "މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ފައްޔާޒު ވިދާޅުވެފައިވަނީ އީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ފަށައިފައިވާ ކަމަށެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް ވެސް މިހާރު މިވަނީ ވެފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ޚުދުމުޚުތާރު ވެރީން އަބަދުވެސް ރައްޔިތުންގެ އަޑު ކަނޑުވާލާނެ ކަމަށާއި ޚިޔާލު ފާޅުކުރުމަށް އެފަދަ ވެރީން އަބަދުވެސް ހުރަސް އަޅާނޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު