ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފައްޔާޒަށް މިނިސްޓަރ އިހްސާން ރައްދު ދެއްވައިފި
ޚަބަރު

ފައްޔާޒަށް މިނިސްޓަރ އިހްސާން ރައްދު ދެއްވައިފި

މމުހައްމަދު އަލީ30 ނޮވެމްބަރު 2024
އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން އޭނާ ފުލުހަށް ހާޒީރު ކުރަން އެންގުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކުރެއްވި ޕޯސްޓަކަށް ހޯމް މިނިސްޓަރ އަލީ އިހްސާން ރައްދު ދީފިއެވެ. އެކަމާ ގުޅިގެން ފައްޔާޒު ވިދާޅުވެފައިވަނީ "ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ. ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ،" ކަމަށެވެ. ފައްޔާޒަށް ރައްދު ދެއްވައި މިނިސްޓަރ އަލީ އިހުސާން ވަނީ ތުއްތުގެ ޕޯސްޓުގައި ލިޔެފައިވާ "މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި" އެތަންކޮޅު ހައިލައިޓު ކުރައްވައިފައެވެ. އެއަށްފަހު ވިދާޅުވެފައިވަނީ "މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް. މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޚިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟" މިނިސްޓަރ ވަނީ ސުވާލު ކުރައްވައިފައެވެ. އެގޮތަށް އަޅާނުލައި ތިއްބައި މަގުމަތީން ފައްޔާޒު ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ޚިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ ވެސް މިނިސްޓަރ ވަނީ ސުވާލު ކުރައްވައިފައެވެ. "މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟" "ޔަގީނުންވެސް މިސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ. ހަމައެއާއެކު ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި. ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް،" މިނިސްޓަރ އިހުސާން ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު