ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ރަމީލާ އިސްތިއުފާ ދެއްވުމުން މިނިސްޓްރީ ހިންގެވުން މާރިޔާއަށް
ޚަބަރު

ރަމީލާ އިސްތިއުފާ ދެއްވުމުން މިނިސްޓްރީ ހިންގެވުން މާރިޔާއަށް

މމުހައްމަދު އަލީ2 ޑިސެމްބަރު 2024
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ. ޢާއިޝަތު ރަމީލާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެކަމަނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރިގޮތުންނެވެ. އެކަމަނާއަކީ ކެންސަރާ ހަނުރާމަ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަނާގެ އިސްތިއުފާ ރައީސް ވަނީ ގަބޫލުފުޅު ކުރައްވައިފައެވެ. އެ މިނިސްޓްރީއަށް މިނިސްޓަރަކު އައްޔަން ކުރެވެން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން ބޭފުޅަކާ ވަނީ ހަވާލުކުރައްވައިފައެވެ. އެ މިނިސްޓްރީ ހަވާލުކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާއެވެ.

ގުޅުންހުރި ޚަބަރު