ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ރައީސް މުއިއްޒުގެ ފޮޓޯއެއް ބެހެއްޓުމުން ޝިފާޒު ފާޑު ވިދާޅުވެއްޖެ
ޚަބަރު

ރައީސް މުއިއްޒުގެ ފޮޓޯއެއް ބެހެއްޓުމުން ޝިފާޒު ފާޑު ވިދާޅުވެއްޖެ

މމުހައްމަދު އަލީ2 ޑިސެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތިން ފޮޓޯއެއް ފަހަތަށްވާ ގޮތަށް މިނިސްޓަރ އަދާމް ޝަރީފް ހިމެނޭ ގޮތަށް ފޮޓޯއެއް ނަގާފައިވާތީ ޑެމްސްގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ފާޑު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާޒު ވިދާޅުވެފައިވަނީ "މިއީ ފޮޓޯފުޅެއް ބަހައްޓާލުމެކޭ ނުބުނެވޭނެ. ދުނިޔޭގެ ގައުމުތަކުގައި މިނޫނަސް ވެރިން ވެރިކަންކުރޭ،" އެހެންނަމަވެސް ދުނިޔެ ފަހަތަށް ދޫކޮށްފަވާ ނާތަހުޒީބު ސަގާފަތެއް ދިރުވަން އުޅޭ ބަޔަކު މި ނޫނީ ނޫޅޭނޭ ކަމަށް ޝިފާޒު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އެކަމަކީ އިންސާނެއްގެ ވިސްނުމުން ކުރި ކަމެއްނަމަ، އެ އިންސާނަކު އެވަނީ ނަފްސާނީ ބަލިމަޑުކަމެއްގައި ކަމަށް ވެސް ވިދާޅުވެފައެވެ. އެ ފޮޓޯއަށް އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ "މިފެންނަ ޑިކްޓޭޓަރު ރައީސް އެމްއެމްގެ ފޮޓޯތައް ނަގައި އުކާލަން ޖެހެއެވެ. ތިރީސް ސާޅީސް އަހަރު ފަހަތަށް ދާންއުޅުމަކީ ގައުމު ފަހަތަށް ޖެއްސުމެވެ. މިޒަމާނުގައި ތިޔަފޮޓޯތަކަށް އަޅުކަން ކުރާނެ ދިވެހިންނެއް ނެތެވެ!!ކުރިއްޔާކުރާނީ ނަފްރަތެވެ!! ބޭކާރު ޚަރަދު ނުކުރާށެވެ." އިދިކޮޅު ބައެއް ފަރާތްތަކުން ގެންދަވަނީ ރައީސް ޑރ، މުއިއްޒު ގެންދަވަނީ އިހުގެ ކަތީބު ސިސްޓަމަށް ރާއްޖޭގައި ވެރިކަން ކުރަން މަސައްކަތްކުރަމުން ކަމަށް ބުނަމުންނެވެ.

ގުޅުންހުރި ޚަބަރު