ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
އާންމުންނަށް އުނދަގޫ ކުރަމުންދިޔަ އަންހެނަކު ހުއްޓުވަން އުޅުމުން ދަތް އަޅައިފި
ޚަބަރު

އާންމުންނަށް އުނދަގޫ ކުރަމުންދިޔަ އަންހެނަކު ހުއްޓުވަން އުޅުމުން ދަތް އަޅައިފި

އއަހުމަދު މުހައްމަދު4 ޑިސެމްބަރު 2024
މާލޭ މަސްމާކޭޓު ކެފޭގައި އާންމުންނަށް އުނދަގޫ ކުރަމުން ދިޔަ އަންހެނަކު ހުއްޓުވަން މަސައްކަތްކުރި ފުލުހެއްގެ ގައިގައި ދަތްއަޅައި، މާރާމާރީ ހިންގައިފި އެވެ. ފުލުހުން ބުނީ އެ އަންހެން މީހާއަކީ އުމުރުން 44 އަހަރުގެ މީހެއް ކަމަށާއި، އާންމުކޮށް ވެސް މަސްމާކެޓު ކެފޭއަށް ވަދެ އުނދަގޫ ކުރަމުން އަންނަ މީހެއް ކަމަށެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ. ކޯޓުގައި ފުލުހުން ބުނީ އެ އަންހެން މީހާ ފުލުހެއްގެ ގައިގައި ޖަހައި، ދަތްއަޅައި، ފިލަން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް އެ އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ އޭނާއަކީ "ބޯ ސަކަރާތް" މީހެއް ކަމަށާއި، އެކަމެއް ހިނގިކަން ވެސް ހަނދާން ނެތް ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި، އާންމު އުނދަގުލުގެ އިތުރުން މާރާމާރީ ހިންގުމުގެ ކުށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ޚަބަރު