ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހަތްދުވަހުގެ ތެރޭ ލޯންޗު ހަވާލުކުރަން އަމުރުކޮށްފި
ޚަބަރު

ހަތްދުވަހުގެ ތެރޭ ލޯންޗު ހަވާލުކުރަން އަމުރުކޮށްފި

އއަހުމަދު މުހައްމަދު5 ޑިސެމްބަރު 2024
ޝާޝާ ވޯޓާވޯލްޑް މޯލްޑިވްސްގެ ލޯންޗު ހަތް ދުވަހުގެ ތެރޭގައި އެ ކުންފުންޏާ ހަވާލުކުރުމަށް ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. މި މައްސަލައިގައި ޝާޝާ ވޯޓާވޯލްޑުން ދައުވާ އުފުލާފައިވަނީ ބ. ދަރަވަންދޫ، އަނާ، މުހައްމަދު ބަޝީރާއި، ދިރިމާގޭ މުހައްމަދު އިދުރީސްގެ އިތުރުން ކަޅިހި ކާޕެންޓްރީގެ މައްޗަށެވެ. އެ ލޯންޗު މަރާމާތު ކުރުމަށް ހަވާލުކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު އެވެ. ފަނޑިޔާރު މަރްޔަމް ރަސާ ރާފިއު އިއްވެވި ހުކުމުގައި، ލޯންޗު ހިފެހެއްޓުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައި ނުދިނުމަށް ނިންމެވިއެވެ. އެއީ ޝާޝާ ވޯޓާވޯލްޑުން ގެއްލުން ކުޑަކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ އެވެ. ނަމަވެސް އެ ލޯންޗަކީ ޝާޝާ ވޯޓާވޯލްޑްގެ މުދަލެއްކަން ސާބިތުވާތީ، ޑިސެމްބަރު 2 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ކުންފުންޏާ ހަވާލުކުރުމަށް ކޯޓުން އަމުރުކުރީ އެވެ.

ގުޅުންހުރި ޚަބަރު