ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ހަތިޔާރުތަކުން ނާއީމާގެ ޑީއެންއޭ ފެނިފައިވޭ: ދައުލަތް
ޚަބަރު

ހަތިޔާރުތަކުން ނާއީމާގެ ޑީއެންއޭ ފެނިފައިވޭ: ދައުލަތް

އއަހުމަދު މުހައްމަދު5 ޑިސެމްބަރު 2024
ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލި ނައީމާ މޫސާ މަރާލުމަށް ބޭނުންކުރި ހަތިޔާރުތަކުން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ. މި މައްސަލާގައި ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން ދެ މީހުން ތަހުގީގަށް ދިން މައުލޫމާތުގެ އަލީގައި ހަތިޔާރުތައް ފެނުނު މަންޒަރު ފުލުހުން ވަނީ ވީޑިއޯ ކޮށްފަ އެވެ. އަދި އެ ވީޑިއޯ ވެސް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފި އެވެ. މި މައްސަލާގައި ދައުވާ ލިބެނީ އެ ރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަހުޒަމް އަބްދުއްޝުކޫރާއި ވިނަރެސް ހަސަން ފަވާޒުގެ މައްޗަށެވެ. އޭގެ ތެރެއިން ފަވާޒަކީ މި މައްސަލަ ރާވައި ހިންގި މީހާ ކަމަށް ދައުލަތުން ބުނެ އެވެ. ދައުލަތުން ބުނާ ގޮތުގައި ނައީމާ މަރާލަން ގެންގުޅުނު ހަތިޔާރުތައް ވަޅުލައި ނައްތާލަން މަސައްކަތް ކޮށްފައިވާ ކަމަށް ހެކިން ހެކިބަސް ދީފައިވެ އެވެ. އަދި އެ ހަތިޔާރުތައް ފެނުނު ތަނުން ނައީމާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.

ގުޅުންހުރި ޚަބަރު