ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރަކު ހައްޔަރުކޮށްފި
ޚަބަރު

އުމުރާ ނުގުޅޭ ވާހަކަ ދެއްކި ޓީޗަރަކު ހައްޔަރުކޮށްފި

އއަހުމަދު މުހައްމަދު5 ޑިސެމްބަރު 2024
ކުޑަކުދިންނަށް ގޯނާކުރުމުގެ އެކި މައްސަލަތަކުގައި ތިން މީހަކު މިވަގުތު ބަންދުގައި އެބަތިބި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި އެ ކުދިން ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 އަހަރުގެ މުދައްރިސެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ ސައުތު ސެންޓްރަލް ޕޮލިސް ސަރަހައްދުން ކަމަށާއި މިހާރު ވަނީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފައެވެ. ދެވަނަ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މެދު އުތުރު ޕޮލިސް ސަރަހައްދުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ތިންވަނަ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 26 އަހަރުގެ ބިދޭސީއެކެވެ. ފުލުހުން ބުނީ މި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ ގޯނާގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފާހަގަކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު