ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ލޯބިވެރިޔާއަށް ބިރުދެއްކި ފުލުހުގެ ބަންދަށް އިތުރު ދިހަދުވަސް
ޚަބަރު

ލޯބިވެރިޔާއަށް ބިރުދެއްކި ފުލުހުގެ ބަންދަށް އިތުރު ދިހަދުވަސް

އއަހުމަދު މުހައްމަދު5 ޑިސެމްބަރު 2024
ލޯބިވެރިޔާއަށް ބިރުދައްކައި ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފުލުސް މީހާގެ ބަންދު މުއްދަތު އިތުރު 10 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ. އއ. މަތިވެރި، ފަޒާ، ޒައިދާން މުހައްމަދު (19 އަހަރު) ހައްޔަރުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކުރީ ލޯބީގެ ގޮތުން ގުޅުން އޮންނަ އަންހެން ކުއްޖެއްގެ އޮރިޔާން ފޮޓޯ ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދެއްކުމުގެ މައްސަލައިގަ އެވެ. ކޯޓު އަމުރުގައިވާ ގޮތުން، އޭނާ އަތުގައި ހުރި ފޮޓޯތައް ލީކުކޮށްލައި، ބިރުދެއްކުމުގެ ކަންކަން ހިންގާފައިވާކަން އެނގޭނެ ހެކި ހުށަހަޅާފައިވެ އެވެ. އަދި އެ މައްސަލައިގައި އޭނާގެ ފޯނު ނައްތާލައި، ހެކި ނައްތާލާފައިވާކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށާއި އެކަމަށް ބާރުދޭ ހެކިވެސް ހުށަހަޅާފައިވެ އެވެ. ފުލުހުން ބުނީ އަންހެން ކުއްޖާގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޖިސްމާނީ އަނިޔާ ކުރާނެކަމަށް ބުނެ ފައިސާ ދިނުމަށް ޑިމާންޑް ކޮށްފައިވާ ކަމަށެވެ. އަދި އޮރިޔާން މަންޒަރު ހުރި ފޮޓޯ ލީކުކުރާނެ ކަމަށާއި އަންހެން ކުއްޖާގެ ބައްޕައަށް ވެސް ފޮޓޯ ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، އޭނާ މިހާރު ހުންނާނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގަ އެވެ.

ގުޅުންހުރި ޚަބަރު