ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ދިވެހި ރަށްތައް ހުސްކުރަން ގަބޫލެއްނޫން: ސަރުކާރު
ޚަބަރު

ދިވެހި ރަށްތައް ހުސްކުރަން ގަބޫލެއްނޫން: ސަރުކާރު

އއަހުމަދު މުހައްމަދު7 ޑިސެމްބަރު 2024
ަމޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ ރަށްތައް ހުސްކުރަން ދެކޮޅުކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ. ބައިނަލްއަގުވާމީ އަދުލުގެ ކޯޓު (އައިސީޖޭ) ގައި ދިވެހި ސަރުކާރުން ބުނެފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިން ދިރިއުޅޭ ރަށްތައް ހުސްކުރަން ޖެހުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އދ. ގެ އާންމު މަޖިލީހުން ހުށަހެޅި މައްސަލައެއްގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުން އެހެން ތަނަކަށް ބަދަލުކުރަން ޖެހުމަކީ ސަރުކާރުން ދެކޮޅު ހަދާ ކަމެއް ކަމަށެވެ. އަޑުއެހުމުގައި ރާއްޖެއިން ވަކާލާތުކުރި ބޭރުގެ ވަކީލުން ބުނީ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް އެހީތެރިވާން ޖެހޭނެ ކަމަށް ވެސް ބުންޏެވެ. މި މައްސަލައިގައި ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ މައްސަލާގައި ރައީސް މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު