ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މަރުވެފައި އޮތް މީހަކު ދާންދޫ މަގުމަތިން ފެނިއްޖެ
ޚަބަރު

މަރުވެފައި އޮތް މީހަކު ދާންދޫ މަގުމަތިން ފެނިއްޖެ

މމުހައްމަދު އަލީ7 ޑިސެމްބަރު 2024
މަރުވެފައި އޮތް މީހަކު ގއ. ދާންދޫ މަގުމަތީން ފެނިއްޖެއެވެ. ފުލުހުން ވިދާޅީ މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 33 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ފެނިގެން ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:10 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މަރުވެފައިވަނީ އެރަށު ނަގަހެލަ، އަހުމަދު އަބްދުﷲ އެވެ. އޭނާ މަރުވެފައި އޮއްވައި ފެނިފައިވަނީ ދާންދޫ ފެނަކަ ބްރާންޗު ހުޅަނގު ފަރާތު މަގުންނެވެ. އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު