ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކުރިއަށް އޮތީ ވައުދު ފުއްދާނޭ ދެއަހަރު
ޚަބަރު

ކުރިއަށް އޮތީ ވައުދު ފުއްދާނޭ ދެއަހަރު

މމުހައްމަދު އަލީ8 ޑިސެމްބަރު 2024
ކުރިއަށް އޮތް 2025 އަދި 2026 ވަނަ އަހަރު ވެގެންދާނީ، ރިޔާސީ އިންތިޚާބުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެ އަހަރު ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާ މާލެ އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އއ ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ނިމޭ 2024 ވަނަ އަހަރު ރައްޔިތުން އުންމީދުކުރި މިންވަރަށް މަސައްކަތްތައް ކުރިއަށް ނުދިޔަ ކަމަށާއި ނިމިގެން މިދާއަހަރު ސަރުކާރުން ތަންފީޒުކުރަން ޖެހިވަޑައިގަތީ، މި ދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކަށް ހުށަހަޅުއްވައިގެން، އިންތިޤާލީ މަރުޙަލާގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރުމެއް ނެތި، މަސައްކަތް ކުރިއަށް ނުގެންދެވޭގޮތަށް، ފާސްކުރި ބަޖެޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. "އެހެންވީމާ ސަރުކާރަށް މި އަހަރުތެރޭގައި މަސައްކަތްތައް ކުރުމުގައި ދިމާވި އެންމެ ބޮޑު ހުރަހަކަށްވީ، ސިޔާސީ ވިސްނުމެއްގައި، މި ސަރުކާރަށް އުނދަގޫ ކުރުމަށްޓަކައި، އޭރުގަ އޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓު. އިރާދަކުތެއްވިއްޔާ އެކަން މިހާރު މި ނިމުނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެނަނިކުފާނު ވިދާޅުވީ ދެން ތަންފީޒުކުރަން ފައްޓަވާނީ، މި ސަރުކާރުން ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައި ހުރި ވަޢުދުތައް ފުއްދެވުމަށްޓަކައި މި ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރެއްވި ބަޖެޓުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި، ބަހާލެވިގެން، ތަރުތީބެއްގެ ތެރެއިން، ރިޔާސީ ހުރިހާ ވަޢުދެއްގެ މަސައްކަތް ޢަމަލީގޮތުން ފަށްޓަވައި، އެކި މަޝްރޫޢުތައް ނިމެމުންވެސް ދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ގުޅުންހުރި ޚަބަރު