ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ރިހެބިލިޓޭޓު ނުކޮށް ކުށްވެރިން ދޫކުރުމުގެ ސަގާފަތް ނިމިއްޖެ: ރައީސް
ޚަބަރު

ރިހެބިލިޓޭޓު ނުކޮށް ކުށްވެރިން ދޫކުރުމުގެ ސަގާފަތް ނިމިއްޖެ: ރައީސް

މމުހައްމަދު އަލީ8 ޑިސެމްބަރު 2024
ސިޔާސީ ފައިދާ ހޯދުމަށްޓަކައި އެކި އިންތިޚާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން ރިހެބިލިޓޭޓްނުކޮށް ދޫކޮށްލުމުގެ ޘަޤާފަތް، މި ސަރުކާރުން ނައްތާލާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ތޮއްޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެހެން އަހަރުތަކުގައި، އެކި އިންތިޚާބުތަކާ ދިމާކޮށް ބޮޑެތި ޢަދަދުތަކުން ޤައިދީން މިނިވަންކުރަމުންދިޔަ ކަމަށެވެ. އެހެންނަމަވެސް މި ނިމުނު އަހަރު ތެރޭ، މުޅި އަހަރަށް ބަހާލައިގެން، ޤާނޫނުގައި އޮންނަ ފުރުޞަތުތަކުގެ ތެރެއިން އަދަބު ލުއިކޮށް، ދޫކޮށްލާފައި ވާނީ ޖުމުލަ 86 މީހުންކަން އެމަނިކުފާނު ވިދާޅުވިއެވެ. އަރިއަތޮޅު އުތުރުބުރިއާ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫގައި ބޭއްވި މި ބައްދަލުވުމާއެކު ރައީސުލްޖުމްހޫރިއްޔާ މި ވަނީ 170 ކައުންސިލާ ބައްދަލުކުރައްވާފައެވެ. ރައްޔިންނާ ގާތުން ވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އިންތިޚާބުވެފައިތިއްބެވި ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ގެނައުމުގެ ބަދަލުގައި، އިންތިޚާބީ ދާއިރާތަކަށް ވަޑައިގެން ރައްޔިތުންގެ އަޑުއެއްސެވުމަކީ އެމަނިކުފާނު އިސްކަންދެއްވާ އުޞޫލުކަން، މިއަދުވެސް އެމަނިކުފާނު ފާހަގަރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު