ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މަތިވެރީ އެއާޕޯޓު އެޅުމަށް އިސްކަން ދޭނަން: ރައީސް
ޚަބަރު

މަތިވެރީ އެއާޕޯޓު އެޅުމަށް އިސްކަން ދޭނަން: ރައީސް

މމުހައްމަދު އަލީ9 ޑިސެމްބަރު 2024
އެންމެ އިސްކަން ދެއްވައިގެން އަންނަ އަހަރު އަޅާ އެއާޕޯޓުތަކުގެތެރޭގައި އއ. މަތިވެރީ އެއަރޕޯޓު ހިމަނުއްވާނޭ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ އެއާޕޯޓު އެޅުމަކީ އިގްތިސާދީގޮތުން ދެކޮޅުޖެހޭ 'އެކޮނަމިކަލީ ވައިބަލް' ކަމެއްގޮތުގައި ވަނީ ފާހަގަވެފައެވެ. އެހެންކަމުން އަނަން އަަހަރު އިސްކަން ދީގެން އަޅާ އެއާޕޯޓުތަކުގެ ތެރޭގައި އެ އެއާޕޯޓު ހިމަނުއްވާނޭ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މި ޔަގީންކަން ރައީސް ދެއްވީ ރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މަތިވެރީގައި އެއަރޕޯޓެއް ތަރައްގީކުރުމުން އެ ސަރަހައްދުގެ އެހެން ރަށްތަކަށްވެސް އެކަމުގެ ފައިދާކުރާނެ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ވީއެންމެ އަވަހަކަށް ކައުންސިލާއި، ކަމާ ބެހޭ ވުޒާރާ ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު އެއަރޕޯޓުގެ ޕްލޭން ނިންމެވުމަށް އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށާއި ރަށަށް ބޭނުންވާ ބިން އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވެސް ވިދާޅުވެފައެވެ. މިއަންނަ އަހަރުގެ ވަކި ހިސާބެއްގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތާއި، ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނޭ ކަމަށް ވިދާޅުވިއެވެ. މަތިވެރީގެ ސާޅީސް އެތައް ހާސް އަކަފޫޓުގެ ބިމަކުން މިވޭތުވި އަށެއްކަ އަހަރުވެސް ރަށަށް ފައިދާއެއް ނުލިބި އޮތީކަމާއި ގާނޫނީ ހަމަތަކުގެ މަތީން މިކަމުން ނުކުމެވޭނެގޮތެއް ބައްލަވައިދެއްވުމަށް އެޓަރނީ ޖެނެރަލް އަރިހުން އެދިވަޑައިގެންފައިވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވަނީ މަތިވެރީގެ އެ ބިމާމެދު މިހާރު ވެފައިވާ އެއްބަސްވުން ޤާނޫނީ ހަމަތަކުގެ މަތީން ރޫޅާލާ ރަށުގެ ރައްޔިތުންނާ ބިން ހަވާލުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގުޅުންހުރި ޚަބަރު