ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މިރޭގެ ޖަލްސާއަކީ މުޅި ރައްޔިތުންނާ ގުޅިފައިވާ ކަމެއް: ފައްޔާޒު
ޚަބަރު

މިރޭގެ ޖަލްސާއަކީ މުޅި ރައްޔިތުންނާ ގުޅިފައިވާ ކަމެއް: ފައްޔާޒު

މމުހައްމަދު އަލީ10 ޑިސެމްބަރު 2024
އަލިމަސް ކާނިވަލުގައި މިރޭ 8:30 ގައި ބާއްވާ ޖަލްސާއަކީ އެމްޑީޕީން އިންތިޒާމް ކުރިޔަސް ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ގުޅިފައިވާ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. "އަޅުގަނޑުމެން ދެކޭގޮތުގައި މިއީ އެމްޑީޕީގެ އެކަނި ކަމެއްނޫން. މިއީ ހުރިހާ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. ވެރިކަންކުރާ ޕާޓީގެ މެންބަރުންނަށް ވެސް މުހިންމުކަމެއް،" ފައްޔާޒު ވިދާޅުވިއެވެ. "މިރޭ މިއޮންނަ ޖަލްސާއަކީ މިސަރުކާރުން ގާނޫނު އަސާސީއާއި މުޅި ދިވެހިރާއްޖޭގައި ގާއިމް ކުރެވިފައިވާ ޑިމޮކްރެޓިކް ނިޒާމުގެ ހަމަތައް ނައްތާލަމުންދާތީ އެކަމަށް އޮތް ކަންބޮޑުވުން ހާމަކުރުމަށް ބާއްވާ ޖަލްސާއެއް،" އޭނާ ވިދާޅުވީ ހުރިހާ ދިވެހި ރައްޔިތުން ގަބޫލުކޮށްފައިވާ ހައްގުތަކެއް މިސަރުކާރުން ދަނީ ނިގުޅައިގަންނަމުން ކަމަށެވެ. މިގޮތަށް މިކަން ދާކަމަށްވާނަމަ މިހާތަނަށް ރައްޔިތުން ކޮށްފައިވާ ހުރިހާ މަސައްކަތެއް ބޭކާރުވެގެންދާނޭ ކަމަށެވެ. މިކަން މިހެން ވިޔަނުދިނުމަށް މިއަދު އަޑުއުފުލަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަޑު ނުއުފުލައިފި ކަމަށްވާނަމަ މާދަމާ އެހެން ކަންކަން ކުރިމަތި ވާނޭކަމަށް ވެސް ވިދާޅުވިއެވެ. އޭރުން ކުރިމަތި ވެގެން އަނާނީ ގާނޫނު އަސާސީއާއި މި ނިޒާމުގެ މައްސަލަ އެކަންނި ނޫންކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. "މިރާއްޖޭގައި ވޭތުވެދިޔަ ތިރީހަކަށް އަހަރު ތަރައްގީ ކުރެވިފައިވާ ހުރިހާ ދާއިރާއަކުން ވެސް މިދަނީ ފަހަތަށް ސޮއްސާލައިގެން. އަޅުގަނޑުމެންގެ އިޖުތިމާއީ ކަންކަންވެސް މިދަނީ ގޯހުން ގޯހަށް. އުމަރާނީ ތަރައްގީއަށް ކުރެވިފައިވާ ކަންކަން މިދަނީ އެއްކޮށްކަހަލަ ގޮތަކަށް ގެއްލިގެން. އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ރައްޔިތުން ފަހުގެ ތާރިހެއްގައި ތަހައްމަލް ނުކުރާ ހިސާބަށް ރައްޔިތުންގެ ފުދުންތެރިކަން ގޮސްފި،" ފައްޔާޒު ވިދާޅުވީ ސުނާމީ ކާރިސާއާއި އޭގެފަހުން އެކިއިރު އައި އެކިކަންކަމާއި ކޮވިޑުގެ ހާލަތަށް ބެއްޔަސް އޭރަށްވުރެ ވެސް ރައްޔިތުންގެ އަތްމަތި މިހާރުމިވަނީ މާބޮޑަށް ވެސް ދަތިވެފައި ކަމަށެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އަތްނުފޯރާ ހިސާބަށް ގޮސްފި ކަމަށް ވެސް ވިދާޅުވިއެވެ. އަދިވެސް ދަނީ ބޮޑުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންނަކަށް ނުފެނޭ ސަރުކާރުގެ އެއްވެސް ގާބިލްކަމެއް އަދި ވިސްނުމެއް މިކަންކަން ރަނގަޅު ކުރުމުގެ. އެހެންވީމާ މުޅި ގައުމު ހަލާކުވެގެންދާ ދިއުމުގައި އެބަޖެހޭ އަޑުއުފުލަން. ސަރުކާރު ހަމަމަގަށް އަޅުވަން އިދިކޮޅު ފަރާއްތެއްގެ ގޮތުގައި ދިވެހި ރައްޔިތުންގެ ގޮތުންވެސް ކުރަންޖެހޭ ކަންކަން ކުރަންޖެހޭ ކަމަށް އަޅުގަނޑުދެކެނީ،"

ގުޅުންހުރި ޚަބަރު