ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އަޑު އުފުލަން ފަށާއިރަށް ކަންކަމަށް އިޖާބަ ދޭތަންފެނޭ: ފައްޔާޒު
ޚަބަރު

އަޑު އުފުލަން ފަށާއިރަށް ކަންކަމަށް އިޖާބަ ދޭތަންފެނޭ: ފައްޔާޒު

މމުހައްމަދު އަލީ10 ޑިސެމްބަރު 2024
އެމްޑީޕީން ނުކުމެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލަން ފަށާއިރަށް ރައްޔިތުންގެ ކަންކަމަށް ސަރުކާރުން އިޖާބަދޭތަން ފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް މިރޭ ބޭއްވުމަށް ތައްޔާރުވަމުންދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސަރަހައްދުގެ ބައެއް ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ދިމާވެފައިވާ ބައެއް ކަންކަމަށް ހައްލު ހޯއްދަވައި ދެއްވޭނޭ ކަމަށް ވިދާޅުވުމުންނެވެ. "މަސްވެރިންނަށް ނުދެވިހުރި ފައީސާ މިއަދުން ފެށިގެން ސާޅީސް އަށްގަޑިއިރު ތެރޭގައި ފައިސާ ޖަމާކޮށްދޭނޭ ކަމަށް ވެސް ވިދާޅުވެއްޖެ. ވަރަށް ރަނގަޅު މިއޮތްހާ ދުވަހު އެކަން މުހިންމު ކަމަކަށް ނުވި،" ފައްޔާޒު ވިދާޅުވިއެވެ. ޗެއާޕާސަން ވިދާޅުވީ މިރޭގެ ޖަލްސާ ބާއްވަން އުޅުމުން ސަރުކާރުގެ ފަރާތުން މިފަދަ ހެޔޮ ބަދަލެއް ފެނުމަކީ ރަނގަޅެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން އެއިން ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ކުރިން "ނިދާފައި" ސަރުކާރު އޮތީ ހެޔޮނިޔަތެއް ނެތިގެން ކަމަށް ވެސް ވެދާނޭ ކަމަށް ފައްޔާޒު ވިދޅުވިއެވެ. ފައްޔާޒު ވިދާޅުވީ ރައީސަށް ޕޯޑިއަމެއް ނުވަތަ މައިކެއް ލިބިވަޑައިގެންފި ކަމަށްވާނަމަ ފެނިގެންދަނީ އެއީ ނުފުއްދޭ ވައުދަކަށް ވިޔަސް ވައުދުވެ ވަޑައިގަންވަމުން ގެންދަވާ މަންޒަރު ކަމަށެވެ. އެކަން އެންމެފަހުން އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން ފެނިގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރު ބައެއްކަންކަން އިއުލާން ކުރެއްވުމަށްފަހު އެކަންކަން އަލުން ބަދަލުކުރަމުންދާތަން ވެސް ފެންނަ ކަމަށް ވިދާޅުވިއެވެ. އެއީ "އުނބަށް" ޖެހުމޭ ވެސް ކިޔާތީ އަޑުއިވޭ ކަމަށް ވިދާޅުވިއެވެ. "ޑޮލަރު ގެ ކަންކަންވެސް ކުރިން ވެސް ރީތިކޮށް ކުރެވެން އޮތްކަމެއް. ހަރުކޮށް ރުންކުރުކޮށް އެވާހަކަ ދައްކާފައި އެނބުރިއައިސް މިޖެހުނީ އެއްކަލަ ތަނުގައި،" ފައްޔާޒު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު