ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ހަތްދިހަ އަހަރާ ހަމައަށް ވަޒީފާގައި ތިބެވޭގޮތަށް ބަދަލުކޮށްފި
ޚަބަރު

ހަތްދިހަ އަހަރާ ހަމައަށް ވަޒީފާގައި ތިބެވޭގޮތަށް ބަދަލުކޮށްފި

އއަހުމަދު މުހައްމަދު10 ޑިސެމްބަރު 2024
އުމުރުން ހަތްދިހަ އަހަރާ ހަމައަށް ޕާލަމެންޓްރީ ސާވިސްގެ ވަޒީފާގައި ހުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ. މިގޮތަށް ގަވާއިދު ބަދަލު ކުރަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ. ޕާލަމެންޓްރީ ސާވިސްގެ ގަވާއިދު މިހާރު ބުނާގޮތުން އެ ސާވިސްގެ މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭނެއެވެ. މިހާރުވެސް ބޭނުންވާ ފަރާތްތަކަށް 65 އަހަރުވުމުން ވަޒީފާއިން މުސްކުޅި ވުމުގެ ފުރުސަތު އޮންނާނެއެވެ. ކޮމިޓީން  މިއަދު ފާސްކޮށްފައިވަނީ ޕާލަމެންޓްރީ ސާވިސްގެ ވަޒީފާގައި ތިބޭ މީހުން އުމުރުން 70 އަހަރު ވަންދެން ވަޒީފާއި ތިބެނުން ބޭނުންވާ ކަމަށްވާނަމަ އެ ފުރުސަތު ދިނުމުގެ އިހްތިޔާރު ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް ލިބިގެންވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު