ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފުލުހުންގެ އެކްސްޕޯގައި އެމްއައިބީގެ ސްޓޯލެއް
ޚަބަރު

ފުލުހުންގެ އެކްސްޕޯގައި އެމްއައިބީގެ ސްޓޯލެއް

ޟޟަމްރަތު އަހްމަދު10 ޑިސެމްބަރު 2024
ފުލުހުން މި މަހު ބާއްވާ ސައިބާ އެކްސްޕޯގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހާއްސަ ސްޓޯލެއް ބަހައްޓާ ގޮތަށް ހަމަޖެހިއްޖެއެވެ. މި އެކްސްޕޯގެ ބެންކިން ޕާޓްނަރ އަކީ ވެސް އެމްއައިބީ އެވެ. އެމްއައިބީން ބުނީ އެ ބޭންކުން ދޭ ގިނަ ހިދުމަތްތަކަކީ އޮންލައިން ހިދުމަތްތަކަކަށް ވެފައި، އެ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްއައިބީ މޯބައިލް އެޕްލިކޭޝަނާއި އިންޓަރނެޓް ބޭންކިންގައި ޓޫ ފެކްޓަރ އޯތެންޓިކޭޝަނާއި ބަޔޮމެޓްރިކް އަންލޮކިން ފަދަ ސަލާމަތީ ފިޔަވަޅުތައް ހިމެނޭ ކަމަށް އެ ބޭންކުން ބުންޏެވެ. މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގައި ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދާއިރާގެ ތަޖުރިބާކާރުން ހިއްސާ ކުރާނެ އެވެ. އަދި އެކި މުއައްސަސާތަކުން މައުލޫމާތު ދިނުމަށް ސްޓޯލްތައް ބަހައްޓާނެ އެވެ.

ގުޅުންހުރި ޚަބަރު