ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފައްޔާޒު ހައްޔަރު ކުރަން ގޮވާލާ ކުއްލި މައްސަލައެއް
ޚަބަރު

ފައްޔާޒު ހައްޔަރު ކުރަން ގޮވާލާ ކުއްލި މައްސަލައެއް

އއަހުމަދު މުހައްމަދު10 ޑިސެމްބަރު 2024
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ހައްޔަރު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރެވެ. މިއީ ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހިއްޒުއަށް ހަދަންވީ ކަމަށް ދޭހަވާ ގޮތަށް ފައްޔާޒު އިސްމާއީލް ވާހަކަ ދެއްކެވި ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލައެކެވެ. މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތަކުން އިންތިހާބު ކޮށްފައިވާ ވެރިއެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރު ނިމޭނެ ހާލަތު ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާގޮތާ ހިލާފަށް ރައީސް ޑރ. މުއިޒަށް ހަދަން ޖެހޭނީ އަމީނަށް ހެދިގޮތް ކަމަށްބުނެ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދީ އެމްޑީޕީން އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ސީދާ ގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމަކީ ކުށްކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވިދާޅުވީ، އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާ ކުށުގެ އަމަލެއް ކަމަށްވާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ. ކުއްލި މި މައްސަލައަށް ބަހުސް ކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 8 މެންބަރަކު ވޯޓު ދެއްވިއެވެ.

ގުޅުންހުރި ޚަބަރު