ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަން މަސައްކަތް ކުރާނަން: ފައްޔާޒު
ޚަބަރު

ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަން މަސައްކަތް ކުރާނަން: ފައްޔާޒު

މމުހައްމަދު އަލީ10 ޑިސެމްބަރު 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ބައެއް ރަށްރަށާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރެއްވީ މިރޭ އެމްޑީޕީއިން ބާއްވާ ޖަލްސާއަށް މީހުން އައުން ހުއްޓުވުމަށް ކަމުގެ އަޑުތައް އިވޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވެއްޖެއެވެ. "ކުއްލިއަކަށް އެދަތުރުފުޅެއް އެކުރެއްވީ ޖަލްސާއަށް ހުރަސް އަޅާން ކަމަށް އެބަކިޔާ. އަޅުގަނޑުމެންނަށް ވެސް އެހެންހީވާކަހަލަ. އެއީ ޓަސްލާފައި މިހިސާބުގަނޑުގެ ދަތުރެއްކުރީމާ. އެއީ އާންމުކޮށް އަޅުގަނޑުމެންގެ ޖަލްސާތަކަށް މާލެއާ ކައިރިން ރަށްރަށުން އައިސް އުޅޭ،" ފައްޔާޒު ވިދާޅުވިއެވެ. ކޮންމެ ގޮތަކަށް ކަންކަން ކުރެއްވިޔަސް މިޖަލްސާއަށްއަންނަން ބޭނުންވާ މީހުން އަންނާނޭ ކަމަށް ވިދާޅުވިއެވެ. "ހާލަތު އޮތް ގޮތުން މިއަޑު އުފުލަން ބޭނުންވާ މީހުން އެބަތިބި. އެމީހުންނަށް ޖާހަގަ ދިނުމުގެ ގޮތުން މިޖަލްސާ މިބާއްވަނީ. ރައްޔިތުންގެ އަޑު ސަރުކާރަށް ފޯރުކޮށްދިނުމަށް މިސައްކަތްކުރަނީ،" ފައްޔާޒު ވިދާޅުވިއެވެ. ރައްޔިތުންގެ އަޑު ސަރުކާރަށް ނީވުމުން "އަޑުއިވޭނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރަމުންދާނަން،" ފައްޔާޒު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު