ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މަސްވެރިން ހާލުގައި ޖެހިއްޖެ، މިރޭގެ ޖަލްސާއަށް މަވެސް ދާނަން: ސައުދު
ޚަބަރު

މަސްވެރިން ހާލުގައި ޖެހިއްޖެ، މިރޭގެ ޖަލްސާއަށް މަވެސް ދާނަން: ސައުދު

މމުހައްމަދު އަލީ10 ޑިސެމްބަރު 2024
އެމްޑީޕީން ކާނިވަލުގައި މިރޭ 8:30 ގައި ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާނޭ ކަމަށް އެމްޓީއޭ ގެ ޗެއާޕާސަން އަދި ކުރީގެ ސްޓޭޓު މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވއްޖެއެވެ. އޭނާ އެޖަލްސާއަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ކަރަންޓާއި، ފެން ބިލް ބޮޑުވެއްޖެ ވާހަކަ ރައީސަށް އަޑުއިއްވަން ކަމަށެވެ. އާސަންދަ "ދަވާލައިފި" ވާހަކަ އަޑުއިއްވަން ކަމަށެވެ. މަސްވެރީން ހާލުގައި ޖެހިއްޖެކަން ބުނެދޭން ވެގެން ކަމަށެވެ. މި އިން ޒަމާނަކު އަގުނާރާ ވަރަށް ޑޮލަރު އަގު އުފުލިއްޖެ ވާހަކަ ހަނދާން ކޮށްދޭން ކަމަށެވެ. ރައްޔިތުން ބިކަވެއްޖެ ވާހަކަ އަންގަން ކަމަށެވެ. އެހެންކަމުން "ދިވެހީންގެ ރާއްޖެ" އަލުން އަނބުރާ ހޯދުމަށް މިރޭ ބާއްވާ ޖަލްސާ އަށް ކުދި ބޮޑު އެންމެން ކޮންމެހެން ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ކުދި އަދި މެދުފަންތީ ވިޔަފާރި ވެރީން އެންމެން އެކީނުކުމެ މި ދޮގު ވެރިކަން ސައިޒް ކުރަން އެބަ ޖެހޭ. ޓެކުސް ޕޭޔަރުން މިކަމަށް އިސްނަގާ މިގައުމު ސަލާމަތް ކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވިއެވެ. ސައުދު ވިދާޅުވީ މިކަންކަމުން ސަލާމަތް ވުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ. ހައްގެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު