ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސިރިންޖު ތަކުން ސަކްސިނައިލްކޮލިންގެ އަސަރު ނުފެނޭ: ޕްރޮފެސަރ
ޚަބަރު

ސިރިންޖު ތަކުން ސަކްސިނައިލްކޮލިންގެ އަސަރު ނުފެނޭ: ޕްރޮފެސަރ

އއަހުމަދު މުހައްމަދު10 ޑިސެމްބަރު 2024
އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ ކޮޓަރިން ފެނުނު ސިރިންޖުތަކުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައި ނުވާ ކަމަށް އިންޑިއާގެ ފޮރެންސިކް ޕްރޮފެސަރެއް މިއަދު ހެކިބަސް ދީފިއެވެ. ނަމަވެސް މަރުވި ފިލިޕީންސްގެ ނަރުހު މޭރީ ގްރޭސްގެ ލޭގެ ސާމްޕަލުން އިންސާނެއްގެ ހަށިގަނޑުގައި އާންމުކޮށް ހުންނަ މިންވަރަށް ވުރެ އިތުރަށް ސަކްސިނައިލްކޮލިން މާއްދާ ފެނިފައިވާ ކަމަށް އެ ޕްރޮފެސަރު ވިދާޅުވި އެވެ. އެ މާއްދާ އެ މިންވަރަށް ފެންނާނީ އެ މާއްދާ ނޫނީ ބޭސް މީހަކަށް ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ލަމްހާގެ ކޮޓަރިން ފެނުނު ތަކެތީގެ ތެރޭގައި ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަންތަކެއް ހިމެނެ އެވެ. އެއީ ހޮސްޕިޓަލްތަކުގައި ނޫނީ ގެންގުޅުން މަނާ ބޭސްތަކެކެވެ. މޭރީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން ވާގަސް އާއި ލަމްހާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާއިރު، ދެ މީހުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ގުޅުންހުރި ޚަބަރު