ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ގްރީން ބިލްޑިން އަޅިއަށް، ގެދޮރުވެރިޔާ ސްކީމަށް އަސަރެއް ނުކުރާނެ
ޚަބަރު

ގްރީން ބިލްޑިން އަޅިއަށް، ގެދޮރުވެރިޔާ ސްކީމަށް އަސަރެއް ނުކުރާނެ

މމުހައްމަދު އަލީ12 ޑިސެމްބަރު 2024
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންއަންނަ މ. ގްރީން ބިލްޑިންގުގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ. މިކަމާ ބެހޭ ގޮތުން އެމިނިސްޓްރީން ވިދާޅުވީ މިނިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާގެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަށް އެއްވެސް އަސަރެއް ނުކުރާނޭ ކަމަށެވެ. އެއީ އެމިނިސްޓްރީގެ ކްލައުޑު ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތެއް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ ބިލްޑިންގައި އަލިފާން ރޯވި ހާދިސާގައި އެއްވެސް މުވައްޒަފަކަށް އަނިޔާ ލިބިފައި ނުވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިހާދިސާއަށްފަހު ސަލާމަތާއި ރައްކާތެރި ކަމަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެ އިމާރާތުގައި ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންވަނީ އަލިފާން ނިއްވަން މަސައްކަތް ފަށައިފައެވެ. އެއަށްފަހު އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން ވަނީ މީހުން ހުސްކޮށްފައެވެ. ފުލުހުން ވިދާޅުވީ މ. ގްރީން ބިލްޑިންގ ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފައި ކަމަށެވެ. ދުމުގެ އަސަރުކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.  

ގުޅުންހުރި ޚަބަރު