ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މާމިގިލީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ
ޚަބަރު

މާމިގިލީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހިރި ނިއުސްހިރި ނިއުސް15 ޑިސެމްބަރު 2024
މާމިގިލީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން އެރަށު ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދަނގެތި ކައުންސިލްގެ އިދާރާގައި ރޭ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ހޮސްޕިޓާ ތަރައްޤީކޮށްދެއްވުމަށާއި ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ބޭނުންވާ ވާހަކަވެސް ރައީސަށް ދެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީ އިން ވަނީ އެބޭފުޅުންނަށް އެލަވެންސް ދިނުމާއި އެކަންކަމާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމިގިލީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކަށް ބޭނުންވާކަންކަން ކޮށްދެއްވާނެކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދިއުމަށް ކުރައްވާނެ ކަންކަމުގެ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ކުރިއަށްގެންދާނެކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވިއެވެ.

ގުޅުންހުރި ޚަބަރު