ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ވައިޓަލް ރަޖިސްޓްރޭޝަން ޚިދުމަތް ދިނުން ހުޅުމާލެއަށް
ޚަބަރު

ވައިޓަލް ރަޖިސްޓްރޭޝަން ޚިދުމަތް ދިނުން ހުޅުމާލެއަށް

މމުހައްމަދު އަލީ15 ޑިސެމްބަރު 2024
މާލޭ ސިޓީކައުންސިލުން ދެމުން ގެންދިޔަ ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލު ކޮށްފިއެވެ. ސިޓީކައުންސިލުން ވިދާޅުވީ އެ ޚިދުމަތް މިހާރު ލިބޭނީ ހުޅުމާލޭ އަމީން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެސިޓީގެ އޮފީހުން ކަމަށެވެ. ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް، މި ހަފުތާތޭރޭ، މާލެއިން ދޭން ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ކަމާގުޅިގެން ރައްޔިތުންނަށް ކުރިމަތި ވަމުންދާ ދަތިތަކަށް ޓަކައި، ނިހާޔަށް މަޢާފަށް އެދޭ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. މި ޚިދުމަތް ދިނުން ހުޅުމާލެއަށް ބަދަލު ކުރަން ޖެހުނީ ބާރާ ޑިސެމްބަރުގެ އަލިފާނުގެ ހާދިސާގައި މާލެ ސިޓީގެ ވައިޓަލް ރަޖިސްޓްރޭޝަންގެ ޚިދުމަތް ދެމުންދިޔަ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުމުންނެވެ. އެ ހާދިސާގައި ތިން މިނިސްޓްރީއަކަށް ވަނީ ގެއްލުން ލިބިފައެވެ.

ގުޅުންހުރި ޚަބަރު