ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު އެމްޑީޕީން ޑެމްސަށް ދީފި
ޚަބަރު

ގުޅިގެން މަސައްކަތް ކުރުމުގެ ދައުވަތު އެމްޑީޕީން ޑެމްސަށް ދީފި

މމުހައްމަދު އަލީ15 ޑިސެމްބަރު 2024
ސިޔާސީ މަސައްކަތް ގުޅިގެން ކުރުމުގެ ދައުވަތު އެމްޑީޕީން ދަ ޑިމޮކްރެޓްސްއަށް ރަސްމީކޮށް ދީފިއެވެ. އެ ދައުވަތު ދެއްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ސޮއިކުރައްވައި ދަޑިމިކްރެޓްސްގެ ރައީސް ހަސަން ލަތީފަށް ފޮނުވި ސިޓީއަކުންނެވެ. ޑެމްސްގެ ނާއިިބު ރައީސް މުހައްމަދު ޝިފާޒު ވަނީ މިސިޓީ އެޕާޓީއަށް ލިބިފައިވާކަން ޔަގީން ކޮށްދެއްވައިފައެވެ. މި ދެޕާޓީ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމުގެ މާހައުލެއް ފަހިކުރުމަށް މަޝްވަރާ ކުރަމުން އަންނަތާ މީހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް އަދާ ހަމައަށް އެދެވޭ ނަތީޖާއެއް ލިބިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދައުވަތަކީ 10 ޑިސެންބަރުގައި އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ބޭއްވި ގައުމީ މަޖިލީހުން ނިންމި ނިންމުންތަކަށްފަހު ޑެމްސަށް ދެއްވި ދައުވަތެކެވެ.

ގުޅުންހުރި ޚަބަރު