ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ނާއިބު ރައީސް ޗައިނާއަށް ވަޑައިގެންފި
ޚަބަރު

ނާއިބު ރައީސް ޗައިނާއަށް ވަޑައިގެންފި

މމުހައްމަދު އަލީ15 ޑިސެމްބަރު 2024
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ވަޑައިގެންފިއެވެ. މިއީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ކުންމިންގ ޗަންގްޝުއި އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ލުއޯ ހޮންގްޖިއަންގ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުގެ ވެރިޔާ، ޓާންގް ޔިންގް އަދި ޔުނާން ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވޯންގް ވެއި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ނާއިބު ރައީސް ކުންމިންގެ، ޔުނާން ޕްރޮވިންސަށް ކުރައްވާ މި ދަތުރުފުޅަކީ، ސީ.އައި.ޑީ.ސީ.އޭ އިން އިންތިޒާމްކޮށްގެން ޑިސެމްބަރު 15 އިން 17 އަށް ބާއްވާ، ދިވެހިރާއްޖެއާއި އެކުގައި ހޯސްޓްކުރާ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ގުޅުންހުރި ޚަބަރު