ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޗައިނާ: ރަސްމީ ޖާފަތުގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވައިފި
ޚަބަރު

ޗައިނާ: ރަސްމީ ޖާފަތުގައި ނާއިބު ރައީސް ބައިވެރިވެވަޑައިގަންނަވައިފި

ހިރި ނިއުސްހިރި ނިއުސް16 ޑިސެމްބަރު 2024
"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މެހެމާނުންގެ ޝަރަފުގައި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) އިން ބޭއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ޖާފަތުގައި ސީ.އައި.ޑީ.ސީ.އޭގެ ޗެއާމަން ލުއޯ ޒާއޮހުއި، އަދި ޔުނާން ޕްރޮވިންސްގެ ގަވަނަރު ވަންގް ޔޫބޮ ވާހަކަފުޅު ދެއްކެވިއެވެ. މި ޖާފަތުގައި ޗައިނާގެ ސަގާފީ ހަރަކާތްތަކެއް ހުށައަޅާފައިވެއެވެ. ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. -ޚަބަރާއި ފޮޓޯ ރައީސް އޮފީސް  

ގުޅުންހުރި ޚަބަރު