ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އީސީގެ މެންބަރު ކަމުގެ މަގާމަށް ޙަސީބު އައްޔަން ކުރައްވައިފި
ޚަބަރު

އީސީގެ މެންބަރު ކަމުގެ މަގާމަށް ޙަސީބު އައްޔަން ކުރައްވައިފި

މމުހައްމަދު އަލީ16 ޑިސެމްބަރު 2024
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމަށް ޢަބްދުލްޙަސީބު އިސްމާޢީލް އައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އީސީގެ މެންބަރުކަމަށް ޢަބްދުލްޙަސީބު އިސްމާޢީލް ޢައްޔަނުކުރެއްވީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުގެމަތީންނެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަބްދުލްޙަސީބު އިސްމާޢީލް އާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަބްދުލްޙަސީބު އިސްމާޢީލް، ވަނީ ކުރައްވައިފައެވެ. ޢަބްދުލްޙަސީބު އިސްމާޢީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރަލްދާ ޒާހިރެވެ.  

ގުޅުންހުރި ޚަބަރު