ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ތައިލެންޑު ސަފީރަކަށް ފުއާދު ތައުފީޤް އައްޔަން ކުރައްވައިފި
ޚަބަރު

ތައިލެންޑު ސަފީރަކަށް ފުއާދު ތައުފީޤް އައްޔަން ކުރައްވައިފި

މމުހައްމަދު އަލީ16 ޑިސެމްބަރު 2024
ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ  މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. އެމަގާމަށް އައްޔަން ކުރައްވާފައިވަނީ މައްޗަންގޮޅި ތަޅަމުދިގެ، ފުއާދު ތައުފީޤެވެ. ފުއާދު ތައުފީޤަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ފުއާދު ތައުފީޤު ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބަސެޑަރ އެޓް ލަރޖްގެ މަޤާމުގައެވެ. ފުއާދު ތައުފީޤަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.  

ގުޅުންހުރި ޚަބަރު