ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ބަހުލޫލޭ ކިޔައިގެން ލަވަކީ ކައުންސެލަރު ފުލުހަށް
ޚަބަރު

ބަހުލޫލޭ ކިޔައިގެން ލަވަކީ ކައުންސެލަރު ފުލުހަށް

މމުހައްމަދު އަލީ16 ޑިސެމްބަރު 2024
ކާނިވާ ސަރަހައްދުގައި އެމްޑީޕީން އެންމެފަހުން ބޭއްވި ބޮޑުޖަލްސާގައި "ބަހުލޫލު" ލަވަކީ ދުވާފަރު އަންހެން ކައުންސިލަރު މަރިޔަމް ޔަޝްފާ މާދަމާ ހެނދުނު 10:30 އަށް ޕޮލިހަށް ހާޒިރުވާން އަންގައިފިއެވެ. އޭނާ ހާޒިރުވާން އަންގާފައިވަނީ ދުވާފަރު ޕޮލިހަށެވެ. ޔަޝްފާ ޕޮލިހަށް ހާޒިރު ކުރަނީ ޖަލްސާގައި ދެއްކި ވާހަކައަކާ ގުޅިގެން ކުރެވޭ ތުހުމަތެއްގެ މައުލޫމާތެއް ސާފުކުރަން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޔަޝްފާ ވަނީ މައުލޫމާތު ދީފައެވެ. "ގާނޫނުއަސާސީގެ ދިފާއުގައި" އެމްޑީޕީން ބޭއްވި ޖަލްސާގައި އޭނާކިޔާފައިވާ ލަވައިގައި ކިޔާފައިވަނީ "ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާކައިރި ނުވާށޭ" އެވެ. ބަހުލޫގެ މާނައެއްގެ ގޮތުގައި ބަސްފޮތުގައި ބުނެފައިވަނީ "ހީލަތްތެރިޔާ" "މަކަރުވެރިޔާ" އެވެ. އެލަވައަށް މިޔުޒިކާއެކު މިހާރު ވަނީ "ފުރާނަ" އަޅުފައިފައެވެ. އެލަވަ މިހާރުވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ.  

ގުޅުންހުރި ޚަބަރު