ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ސަރުކާރުގެ މިސްރާބަކީ އަޅުވެތިކަމުގައި ދިވެހީން ބަނދެލުން: ޝާހިދު
ޚަބަރު

ސަރުކާރުގެ މިސްރާބަކީ އަޅުވެތިކަމުގައި ދިވެހީން ބަނދެލުން: ޝާހިދު

މމުހައްމަދު އަލީ17 ޑިސެމްބަރު 2024
ޕީއެންސީގެ ސަރުކާރުގެ މިސްރާބުހުރި އަޅުވެތި ކަމުގެ ބަނދެލުމަކުން ދިވެހީން ބަނދެލަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "އަޅުވެތިކަމުގެ  ބަނދެލުމަކުން  ދިވެހިން ބަނދެލުމަށް މި ސަރުކާރުން އެވަނީ މިސްރާބު ހިފާފައި،" އަހަރު ނިމިގެން ދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނިކަމެއް އަދި ލިބުނު ހިތްހަމަޖެހުމެއް ނުފެނުނު ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެންމެހާ ދިވެހިން، ކޮއްޕަމުން، ލަވަމުން، ވައްދަމުން އެގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ. "މިދިޔަ އަހަރާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ  78 މިލިޔަން އިތުރުވެފައި ވީނަމަވެސް ރައްޔިތުން ބިކަވެ، ވީ ނިކަމެތި. ސަރުކާރުން އާސަންދައަށް ކުރި ޚަރަދު ވަނީ  101 މިލިއަން ރުފިޔާ މަދުކޮށްފައި. އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެ ކުރާ އާދޭހުގެ ހިތްދަތި އަޑު،" ޝާހިދު ވިދާޅުވެފައިވެއެވެ. މިކަންކަން މިހެން ހުއްޓަސް ސިޔާސީ  މުސާރަ އާއި ގުޅުންހުރި ޚަރަދުތަކަށް މިސަރުކާރުންވަނީ 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. "އާންމު ރައްޔިތުންގެ ވޭނުގެ އަޑު އެހުމާއި ނުލައި ކުރިއަށްދަނީ ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތައް،"

ގުޅުންހުރި ޚަބަރު