ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދުންފަތުގެ ގާނޫނު ތަންފީޒު ކުރުމަށް އެއްބާރުލުން ބޭނުން: ފުލުހުން
ޚަބަރު

ދުންފަތުގެ ގާނޫނު ތަންފީޒު ކުރުމަށް އެއްބާރުލުން ބޭނުން: ފުލުހުން

މމުހައްމަދު އަލީ17 ޑިސެމްބަރު 2024
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު ތަންފީޒު ކުރުމަށް އާންމުގެ އެއްބާރުލުނ ދިނުމަށް ފުލުހުން އެދިވަޑައިގެންފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ ދުފަތުގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ދިވެހި ފުލުހުން އެގާނޫނު ތަންފީޒު ކުރައްވާނޭ ކަމަށެވެ. އަދި އެކަން ކުރުމުގައި އަމަލުކުރަމުން ގެންދާނެ ގޮތް އާންމުންގެ ސަމާލުކަމަށްޓަކައި ވަނީ ގެނެސްދީފައެވެ. "ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި، އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާމެދު ދިވެހި ފުލުހުންގެ ޚިދުމަތުން ގާނޫނީ ފިޔަވަޅު އަޅާނެއެވެ. އަދި ޖޫރިމަނާކުރުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާނޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މިފަދަ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށްވެސް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނޭ ކަމަށް ވިދާޅުވެފައިވެއެވެ. "ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވޭނެއެވެ. މި މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެއެވެ." "ވީމާ، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އަމަލުކުރެއްވުމަށާއި، މި ގާނޫނު ތަންފީޒުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރަމެވެ."

ގުޅުންހުރި ޚަބަރު